އިންޓަރހައުސް 12 ވަނަ ނެޓްބޯޅަ މުބާރާތް މި ސްކޫލުގައި ފެށިއްޖެއެވެ. ތިން
ހައުސްގެ މެދުގައި ވާދަކުރެވޭ މިމުބާރާތުގެ ފުރަތަމަ މެޗުގައި ޔެލޯ އަދި ރެޑް
ހައުސް ބައްދަލުކޮށް ޔެލޯހައުސްވަނީ މެޗް ކާމިޔާބުކޮށްފައެވެ. ދެވަނަމެޗްގައި
ވައިލެޓް އަދި ޔެލޯ ހައުސް ބައްދަލުކޮށް ދެވަނަ މެޗްވެސް ކާމިޔާބުކުރީ
ޔެލޯހައުސްއެވެ. ތިންވަނަ މެޗްގައި ރެޑް އަދި ވައިލެޓް ބައްދަލުކޮށް ތިންވަނަމެޗް
ކާމިޔާބުކުރީ ވައިލެޓް ހައުސްއެވެ. މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރީ
ޔެލޯހައުސްއާއި ވައިލެޓް ހައުސްއެވެ. ފައިނަލްކުޅެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ
ވައިލެޓްހައުސްއެވެ. މިގޮތުން މުބާރާތުގެ ރަނަރަޕްޓީމަކީ ޔެލޯހައުސްއެވެ. އަދި
ފެއަރޕްލޭޓީމަކަށް ހޮވުނީ ރެޑްހައުސްއެވެ.