ނިމިގެންދިޔަ 2016 ވަނައަހަރު އަލަށް ތަންފީޒްކުރަން
ފެށުނު ކީސްޓޭޖް 2 ގައި ހިމެނޭ ގްރޭޑް 4 ، 5 ، 6 ގެ ކުލާސްތަކުގެ ކިޔަވައިދިނުމުގެ
ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ކުލާސްތައް ސްޕަވައިޒް ކުރުމުގެ މަސައްކަތް
މިހާރު މިސްކޫލުގައި ކުރިއަށްއެބަދެއެވެ. މިގޮތުން ކުލާސްތައް ސްޕަވައިޒް ކުރައްވަމުން
ގެންދަވަނީ ބ.އަތޮޅު ޓީއާރުސީ ކޯޑިނޭޓަރ އަލްފާޟިލް މުހައްމަދު އާރިފްއެވެ. ދެދުވަހުގެ
މުއްދަތަށް ކުރިއަށްގެންދެވޭ މިސްޕަވައިޒް ކުރުމުގައި މިހާތަނަށް ކީސްޓޭޖް 2 އަށް
ކިޔަވައިދެއްވާ ހުރިހާ ޓީޗަރުންގެ ކުލާސްތައް އޮބްޒާވްކޮށް ވަނީ ނިމިފައެވެ. އަދި
މީގެ އިތުރުން އެޓީޗަރުންނަށް ފީޑްބެކްދިނުމާއި ކީސްޓޭޖް 1 އަދި 2 ށް
ކިޔަވައިދެއްވާ ހުރިހާ ޓީޗަރުން ހިމެނޭގޮތައް ބައްދަލުވުމެއްވަނީ ބޭއްވިފައެވެ.
މިބައްދަލުވުމުގައި ކިޔަވައިދިނުމާއި ގުޅޭގޮތުން ފާހަގަކުރެވިފައިހުރި ކަންތައްތަކާއި
އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާއިބެހޭގޮތުން ޓީޗަރުންނަށް މަޢުލޫމާތު
ދެވުނެވެ.