މިއަހަރުގެ މާދަރީބަހުގެ ދުވަސް 23 ފެބްރުއަރީ 2017 ވީ ބުރާސްފަތިދުވަހު
މިސްކޫލުގައި ފާހަގަކޮށްފިއެވެ. މާދަރީބަހުގެދުވަސް ފާހަގަކުރުމުގެގޮތުން
މިސްކޫލުގެ ހުރިހާ ގްރޭޑްތަކެއް ބައިވެރިކޮށްގެން އަދަބީ އެކިއެކި ތަފާތު
ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ތަމްސީލް، ރައިވަރުކިޔުން،
ބަނދިކިޔުން، ޅެންކިޔުން، ކުއްލި މަޢުލޫއަށް ވާހަކަދެއްކުން، ދޫފުރޮޅި، ވާހަކަކިޔުންފަދަ
މިނޫނަސް ތަފާތު ހަރަކާތްތަކެއްވަނީ ދަރިވަރުން ހުށަހަޅައިދީފައެވެ. މިހަރަކާތްތައް
ރާވައި ފަރިތަކޮށްދިނުމުގައި އިސްރޯލެއް އަދާކުރެއްވީ ސްކޫލުގެ ހުރިހާ
ޓީޗަރުންނެވެ. އަދި މިހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ދަރިވަރުންގެ އިތުރުން
ބެލެނިވެރިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބުނުކަން މިފުރުސަތުގައި
ފާހަކޮށް އެފަރާތްތަކަށް ޝުކުރުދަންނަވަމެވެ.